إِنَّ ٱللَّهَ لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يُحۡيِۦ وَيُمِيتُۚ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٖ
ހަމަކަށަވަރުން، އުޑުތަކާއި ބިމުގެ ވެރިކަން ملك ވެގެންވަނީ اللَّه އަށެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް އެކަލާނގެއެވެ. އަދި ތިޔަބައިމީހުންނަކަށް اللَّه ފިޔަވައި އެއްވެސް އެހީތެރިޔަކު އަދި نصر ދޭނޭ މީހަކުވެސް ނުވެއެވެ.
لَّقَد تَّابَ ٱللَّهُ عَلَى ٱلنَّبِيِّ وَٱلۡمُهَٰجِرِينَ وَٱلۡأَنصَارِ ٱلَّذِينَ ٱتَّبَعُوهُ فِي سَاعَةِ ٱلۡعُسۡرَةِ مِنۢ بَعۡدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٖ مِّنۡهُمۡ ثُمَّ تَابَ عَلَيۡهِمۡۚ إِنَّهُۥ بِهِمۡ رَءُوفٞ رَّحِيمٞ
ހަމަކަށަވަރުން، ނަބިއްޔާގެ މައްޗަށާއި، مهاجر ންނާއި، أنصار ންގެ މައްޗަށް اللَّه توبة ލެއްވިއެވެ. އެބޭކަލުންނީ، ދަތިކަމުގެ ވަގުތުގައި އެކަލޭގެފާނާ تبع ވި ބޭކަލުންނެވެ. އޭގެތެރެއިން ބަޔެއްގެ ހިތްތައް، ތެދުމަގުން އެއްކިބާވެ ދިއުމަށް ގާތްވުމަށްފަހުގައެވެ. ދެން އެކަލާނގެ އެއުރެންގެ މައްޗަށް توبة ލެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެއުރެންނަށް ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ.
وَعَلَى ٱلثَّلَٰثَةِ ٱلَّذِينَ خُلِّفُواْ حَتَّىٰٓ إِذَا ضَاقَتۡ عَلَيۡهِمُ ٱلۡأَرۡضُ بِمَا رَحُبَتۡ وَضَاقَتۡ عَلَيۡهِمۡ أَنفُسُهُمۡ وَظَنُّوٓاْ أَن لَّا مَلۡجَأَ مِنَ ٱللَّهِ إِلَّآ إِلَيۡهِ ثُمَّ تَابَ عَلَيۡهِمۡ لِيَتُوبُوٓاْۚ إِنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ
އަދި ފަސްޖެހުނު ތިން މީހުންގެ މައްޗަށްވެސް (توبة ލެއްވި) މެއެވެ. ބިންގަނޑު ތަނަވަސްވެގެން ވުމާއެކުވެސް، އެއުރެންގެ މައްޗަށް އެ ބިން ދަތިވެ، އަދި އެއުރެންގެ އަމިއްލަ نفس ތައް އެއުރެންގެ މައްޗަށް ދަތިވި ހިނދުގައެވެ. އަދި اللَّه ގެ حضرة ން (އެބަހީ: އެކަލާނގެ ނުރުއްސެވުމުން) ސަލާމަތްވުމަށް، އެކަލާނގެ حضرة އަށް މެނުވީ ދާނޭ ތަނެއް ނެތްކަން އެއުރެންނަށް يقين ވީ ހިނދުގައެވެ. ދެން އެއުރެން توبة ވުމަށްޓަކައި އެކަލާނގެ އެއުރެންގެ މައްޗަށް توبة ލެއްވިއެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ.