وَأَمَّا ٱلَّذِينَ فِي قُلُوبِهِم مَّرَضٞ فَزَادَتۡهُمۡ رِجۡسًا إِلَىٰ رِجۡسِهِمۡ وَمَاتُواْ وَهُمۡ كَٰفِرُونَ
އަދި އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުން ދަންނާށެވެ! ފަހެ، އެއުރެންގެ كافر ކަމުގެ ތެރެއަށް كافر ކަން އެއުރެންނަށް އިތުރުވިއެވެ. އަދި كافر ން ކަމުގައިވާ حال، އެއުރެން މަރުވިއެވެ.
أَوَلَا يَرَوۡنَ أَنَّهُمۡ يُفۡتَنُونَ فِي كُلِّ عَامٖ مَّرَّةً أَوۡ مَرَّتَيۡنِ ثُمَّ لَا يَتُوبُونَ وَلَا هُمۡ يَذَّكَّرُونَ
އަދި ކޮންމެ އަހަރަކު އެއްފަހަރު، ނުވަތަ ދެފަހަރު (ދަތިތަކާއި ބަލިމަޑުކަން ކުރިމަތި ކުރައްވައި) އެއުރެން امتحان ކުރައްވާތީ، އެއުރެން ނުދެކޭހެއްޔެވެ؟ ދެންވެސް އެއުރެން توبة އެއް ނުވެެތެވެ. އަދި އެއުރެން ހަނދާންކޮށް وعظ އެއް ލިބިއެއް ނުގަނެއެވެ.
وَإِذَا مَآ أُنزِلَتۡ سُورَةٞ نَّظَرَ بَعۡضُهُمۡ إِلَىٰ بَعۡضٍ هَلۡ يَرَىٰكُم مِّنۡ أَحَدٖ ثُمَّ ٱنصَرَفُواْۚ صَرَفَ ٱللَّهُ قُلُوبَهُم بِأَنَّهُمۡ قَوۡمٞ لَّا يَفۡقَهُونَ
އަދި سورة އެއް ބާވައިލައްވައިފިނަމަ، އެއުރެންގެ އެކަކު އަނެކަކަށް ބަލައިލައެވެ. (އަދި ބުނެއެވެ.) އެކަކުވެސް ތިޔަބައިމީހުން ދެކޭހެއްޔެވެ؟ ދެން އެއުރެން އެނބުރި ހިނގައިދެއެވެ. اللَّه އެއުރެންގެ ހިތްތައް (ތެދުމަގުން އެއްކިބާ ކުރައްވައި) އަނބުރުއްވައިލެއްވިއެވެ. (އެއީ) އެއުރެންނީ، ނުވިސްނޭ ބަޔަކު ކަމުގައިވާ ކަމަށްޓަކައެވެ.
لَقَدۡ جَآءَكُمۡ رَسُولٞ مِّنۡ أَنفُسِكُمۡ عَزِيزٌ عَلَيۡهِ مَا عَنِتُّمۡ حَرِيصٌ عَلَيۡكُم بِٱلۡمُؤۡمِنِينَ رَءُوفٞ رَّحِيمٞ
ހަމަތިޔަބައިމީހުންގެ ތެރެއިންވާ رسول އަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. مؤمن ންނަށް ނުހަނު އޯގާވެރި، رحم ހުރި ބޭކަލެކެވެ.